ރާއްޖޭގައި މެރިން މިއުޒިއަމެއް ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝަވަރާކުރިއަށް ދިޔައީ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ޗައިނާގެ ނޭޝަނަލް މެރިން މިއުޒިއަމް، ޝަންހާއީ ޔުނިވާސިޓީ، އަދި ވޫހާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ މަންދޫބުންނާ ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި މެރިން މިއުޒިއަމްއެއް ގާއިމްކުރުމާއި ރާއްޖެ އާއި ޗައިނާގައި ވެސް މެރިން ކަލްޗަރަލް އެގްޒިބިޝަންތައް އިންތިޒާމް ކުރުން ހިމެނޭ ގޮތަށް ދެގައުމުން މިކަމުގައި އެއްބާރުލުން ދިނުމަށް މަޝްވަރާކުރެވުނެވެ.
Minister Ahmed Shiyam met with representatives from the National Marine Museum of China, Shanghai University, and Wuhan University of Technology. The meeting centered on potential collaborations, including the establishment of a Marine Museum in the Maldives and the organization… pic.twitter.com/ArRujWmXht
— Ministry of Fisheries and Ocean Resources (@MFORmv) April 8, 2025
މިނިސްޓަރު ޝިޔާމް ވަނީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ މި މުހިންމު މަސައްކަތުގެ ތެރެއިން ދެގައުމުގެ މެދުގައި އުފެދިފައިވާ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން