ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން، އެފްކޮންސް އިން ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕޭން ސެގްމަންޓް ޤާއިމްކޮށްފިއެވެ.
23 މީޓަރުގެ އުސްމިނުގައި 25.37 މީޓަރުގެ ފުޅާމިނުގައި ހުރި މި ސެގްމަންޓްގެ ބަރުދަނަކީ 216.04 މެޓްރިކް ޓަނެވެ.
އިންޑިއާ އެމްބަސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ސެގްމެންޓް ނިމުމަކީ އިންޖިނިއަރިން ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.
A Day of Special Achievement
On 3 April, 2025, the tallest precast navigation span segment in the world under the 🇮🇳 🇲🇻 Greater Male Connectivity Project was erected by Afcons. The 8.23m tall and 25.37m wide segment weighs 216.04 MT and is an engineering marvel. pic.twitter.com/Zy6YI5L7E1
— India in Maldives (@HCIMaldives) April 3, 2025
މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބް ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ކާމިޔާބީއާއެކު ބްރިޖްގެ މަސައްކަތް އިތުރަށް އަވަސްވެ، ކަނޑައެޅިފައިވާ ތާރީޚަށް ނިމޭނެކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށެވެ. އަދި އިންޑިއާ ސަފީރު ޖީ ބަލަސުބްރަމަނިއަމް މިކަމުގައި ދެއްވާ އެއްބާރުލުން ފާހަގަކޮށް އޭނާއަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
With this significant milestone, the Government of Maldives expects work to accelerate to ensure project completion as scheduled. I thank High Commissioner H.E. G. Balasubramaniam for his close coordination. https://t.co/4hGYTQeJ9C
— Abdulla Muththalib (@muththo) April 3, 2025
ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖެކެވެ. މި މަޝްރޫޢުއަށް އިންޑިއާއިން 100 މިލައަން ޑޮލަރުގެ ހިލޭ އެހީ ދީފައިވެއެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފައިވެއެވެ. 6.7 ކިލޯމީޓަރުގެ މި ބްރިޖާ އެކު ފުން ހިސާބުތަކުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓާއި، ތިލަ ހިސާބުތަކުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ މަގުތައް ހެދުން ހިމެނެއެވެ.
އެފްކޮންސްއަކީ އިންޑިއާގެ އެންމެ ބޮޑު އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ ޝަޕޫރްޖީ ޕަލޮންޖީ ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނިން 22 އަށްވުރެ ގިނަ ޤައުމުގައި 350 އަށްވުރެ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ހިންގާފައިވެއެވެ.
އެފްކޮންސްގެ ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ މެޓްރޯޓަނަލް ހެދުމާއި ޖަވާހަރްލާލް ނެހްރޫ ބަނދަރުގައި އިންޑިއާގެ އެންމެ ދިގު ޖެޓީ އާއި އެންމެ ބޮޑު ކޮންޓެއިނާ ޓާމިނަލްގެ މަސައްކަތާއި އީސްޓް-ވެސްޓް މެޓްރޯ ޕްރޮޖެކްޓަށް އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ މެޓްރޯ ޓަނަލް ހެދުން ހިމެނެއެވެ.
މީގެ އިތުރުން އިންޑިއާގެ އެންމެ ދިގު ސްޓީލް ބްރިޖް މަހާތުމާ ގަންދީ ސެޓޫ އާއި އޭޝިއާގެ އެންމެ ބޮޑު އެއް އަންޑަގްރައުންޑް މެޓްރޯ ސްޓޭޝަން ޗެންނާއީ ސެންޓްރަލް މެޓްރޯ ސްޓޭޝަނަކީވެސް އެފްކޮންސްގެ މަސައްކަތެކެވެ.
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. މާލެއާއި ގުޅީފަޅު ގުޅުވާލުން މާޗު 31، 2026އަށް ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބްރިޖްގެ މުޅި މަޝްރޫއު ސެޕްޓެންބަރު 30، 2026އަށް ނިމޭނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން