އޯޓިޒަމް ހުންނަ ފަރާތްތަކަށް ޚިދުމަތްތަކާއި ފަރުވާ ފަސޭހަކޮށް ލިބެން ހުރުން މުހިންމު ކަމުގައި ކުރީގެ ނައިބު ރައީސް، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިޞަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޯޓިޒަމާއި މެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި އޯޓިޒަމް ހުންނަ ފަރާތްތަކަށް ލިބެންޖެހޭ ޚިދުމަތްތަކާއި ފަރުވާ ފަސޭހަކޮށް ލިބެން ހުރުން މުހިންމު ކަމަށެވެ.
އޯޓިޒަމާއި މެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި އޯޓިޒަމް ހުންނަ ފަރާތްތަކަށް ލިބެންޖެހޭ ޚިދުމަތްތަކާއި ފަރުވާ ފަސޭހަކޮށް ލިބެން ހުރުން މުހިއްމު. އަދި މިފަދަ ކުދިންނާއި މީހުންނަކީ މުޖުތަމަޢުގައި ހަޤީޤީ މާނައިގައި ޝާމިލުކުރެވޭ ބަޔަކަށް ހެދުން މުހިއްމު. pic.twitter.com/wDtZFjywcu
— Faisal Naseem (@FaisalNasym) April 2, 2025
އަދި މިފަދަ ކުދިންނާއި މީހުންނަކީ މުޖުތަމަޢުގައި ހަޤީޤީ މާނައިގައި ޝާމިލުކުރެވޭ ބަޔަކަށް ހެދުން މުހިންމު ކަމުގައިވެސް ފައިޞަލް ވިދާޅުވިއެވެ.
ދުނިޔޭގެ އޯޓިޒަމް ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤުޞަދަކީ، އޯޓިޒަމް ހުންނަ ފަރާތްތަކާ ބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމެވެ.
މި ލިޔުން ކިޔާލުމުން