ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ގދ. އަތޮޅަށް ފުޅާކޮށްފިއެވެ.
މިގޮތުން ޑީއެންއާރުން ހާމަކުރި ގޮތުގައި އައިޑީ ކާޑު ޕްރިންޓުކުރުން ލާމަރުކަޒުކޮށް، ގދ. އަތޮޅުގެ ރަށްރަށަށް ވީހާވެސް ގާތުން އެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެ އިދާރާއާއި ގދ. އަތޮޅު ކައުންސިލްގެ އިދާރާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކުރެވިފައެވެ.
We are pleased to announce that ID card printing services have now been expanded to the Gdh. Atoll Council. The council will print and distribute ID cards for all islands within Gdh. Atoll, significantly reducing delivery time and improving service efficiency. pic.twitter.com/nKP4h8waj9
— Department of National Registration (@dnrmaldives) March 29, 2025
މި ފަހުމުނާމާގެ ދަށުން ގދ. އަތޮޅުގެ ހުރިހާ ރަށްތަކަށް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަތޮޅު ކައުންސިލުންނެވެ. މީގެ ސަބަބުން އައިޑީ ކާޑު ޑެލިވަރީ ކުރުމަށް ދާ ވަގުތު ވަރަށް ބޮޑު ތަނުން ކުޑަވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
މިއީ މާލެއިން ބޭރުގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ 14 ވަނަ ތަނެވެ.
މި ލިޔުން ކިޔާލުމުން