ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރަން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯވް އަކާއި އެކު ހަވާ އަރުވަން ނިންމައިފި އެވެ.
އެޗްޑީސީއިން ބުނީ، މިރޭ 8:30 ގައި ޑްރޯން ޝޯއެއް ތިރީސް މިނެޓަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއަށްފަހު 9:00 ގައި ހަވާ އަރުވާނެ ކަމަށެވެ. އެފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ، އީދުގެ އުފާ ކުލަ ގަދަކޮށް ފާހަގަކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދިއްލުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން#އެޗްޑީސީއާއެކު #އީދު1446 pic.twitter.com/dizIIHvQeS
— Housing Development Corporation (@hdcmaldives) March 29, 2025
އީދާ ދިމާކޮށް ސެންޓްރަލް ޕާކުގައި މިއަދު ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް 4:00 އިން 6:00 އޮންނާނެއެވެ.
ހުޅުމާލޭގައި ބާއްވާ ޢީދު ހަވީރުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޚާއްޞަ ހަރަކާތްތަކެއް ދިއްލާލުމަށް ހަމަޖެހިފައިވެއެވެ. އަދި މި ހަވީރުގައި ހިތްގައިމު ހަރަކާތްތަކަކާއި ޖާދޫވެރި ރޭގަނޑެއް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެޗް.ޑީ.ސީން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން