ތިން ރަށެއްގައި ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުތައް އިމާރާތްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
މިގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި އާރުޑީސީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައެވެ.
ނ.ވެލިދޫ، ކ.ކާށިދޫ އަދި ލ.ގަމުގައި ޤާއިމުކުރެވޭ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރ އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ނެޝަނަލް ޑްރަގް އޭޖެންސީ އާއި މި ކޯޕަރޭޝަނާއި ދެމެދު މިރޭ ވަނީ ސޮއި ކުރެވިފައެވެ.#RoadhaigeRoohu #TeamRDC pic.twitter.com/JghRZH09BW
— Road Development Corporation Ltd (@rdcmaldives) March 28, 2025
މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒު ގާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ އިޤުތިޞާދު ކުރިއެރުވުމަށް އޮތް އަނެއް ބޮޑު ހުރަހަކީ، ޑްރަގުގެ ވަބާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް، ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ވައުދު ވެވަޑައިގެންފައިވާ ގޮތަށް، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި މަރުކަޒުތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން