ރެޑް ސީގައި އޮންނަ މިޞްރުގެ ޓޫރިސްޓު ރިސޯޓެއްގައި، ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަބްމެރީން އެއް ފެތިގެން، ހަ ފަތުރުވެރިން މަރުވެއްޖެއެވެ.
45 ޓޫރިސްޓުން ގޮވައިގެން އެ ސަބްމެރިން ދަތުރުކުރަމުން ދިޔައީ ހުރްޣާދާއިން ފުރައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.
އެ ސަރަޙައްދުގެ ފަރުތަކުގެ ރީތިކަން ބަލަން ކުރި ދަތުރުގައި، ސިންދުބާދު ނަމަކަށް ކިޔާ ސަބްމެރީން ފެތިގެން މަރުވެފައިވަނީ ރަޝިޔާގެ ހަ ޓޫރިސްޓުން ނެވެ. އޭގެތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭކަމަށް މިޞްރުގެ ކަމާބެހޭ އިދާރާއިން ބުންޏެވެ.
🚨 Tourist sub sinks off Egypt with 45 Russians on board
6 dead, several critically injured. Russian media report the vessel hit a reef, causing a loss of pressure and flooding.#Egypt #Submarine #Tourism #Russia pic.twitter.com/lQMwjzIb29
— NEXTA (@nexta_tv) March 27, 2025
ބާކީތިބި މީހުން ސަލާމަތްކޮށްފައިވާއިރު، އޭގެތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށާއި އެ މީހުންނަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނަގަތުމަށް ތަހުޤީޤެއް މިހާރު ވަނީ ފަށާފައެވެ.
ރަތް ކަނޑަކީ މިޞްރުގެ އިޤްތިޞާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް މުހިންމު ކަނޑެކެވެ. އެ ޤައުމަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތް ކުރާ މީހުން ރަތް ކަނޑުގެ އަޑި ބަލައިލުމަށް ވަރަށް ޝައުޤުވެރިވެއެވެ.
ފަހަކަށް އައިސް ރަތް ކަނޑުގައި މިފަދަ ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.
މި ލިޔުން ކިޔާލުމުން