1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހު މޯލްޑިވް ގޭސް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މޯލްޑިވް ގޭސް އިން މިއަދު ބުނީ ބަރަކާތްތެރި ފިޠުރު ޢީދު ދުވަހު އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓާއި، ޕްރޮޑަކްޝަން ޑިޕާޓްމަންޓް ބަންދުވާނެ ކަމަށެވެ.
Customer Notice 📢 pic.twitter.com/DDNgrDsuZT
— Maldive Gas Pvt Ltd (@maldivegas) March 28, 2025
ނަމަވެސް، ހެނދުނު 09:00 އިން ރޭގަނޑު 12:00 އަށް އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓުތަކަށް ހުސްފުޅި ގެނައުމުން ގޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށްވެސް އެދިފައެވެ.
މި ލިޔުން ކިޔާލުމުން