ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ޖަމާވި މީހުންނާއި ސަޢުދީން ހަރަމްފުޅަށް ދިޔަ މީހުންނާ އެކު 3.4 މިލިއަނަށް ވުރެ ގިނަ މީހުން މާތްވެގެންވާ ހަރަމްފުޅުގައި ރޭ ނަމާދުކޮށްފައެވެ.
ރެ އަކީ ރަމަޟާން މަހުގެ 27 ވިލޭރޭ އެވެ. ރަމަޞާން މަހުގެ 27 ވިލޭރޭ އަކީ ފަހު ދިހައިގެ އޮނަހިރި ރޭ ތަކުގެ ތެރެއިން ގިނަ އިލްވެރިން އެންމެ އިއްތިފާޤުވާ ލައިލަތުލް ޤަދުރިވިލޭރޭ ކަމަށް ބެލެވޭ ރޭވެސް މެއެވެ.
NEWS : “A NEW RECORD”
The total number of worshipers and Umrah performers in Masjid Al Haram reached more than 3.4 Million on the 27th night of Ramadan. pic.twitter.com/qdGdgKvjrH
— The Holy Mosque (@theholymosques) March 27, 2025
އިސްލާމީ ކަލަންޑަރުގެ އެންމެ މަތިވެރި އެއް ރޭކަމަށް ބެލެވޭ ލައިލަތުލް ޤަދުރު ރޭގެ މަތިވެރި ސަވާބާއި ދަރުމަ ހޯދުމުގެ މަގްސަދުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްފައިވާ މުސްލިމުންނާއެކު މަސްޖިދުލް ޙަރާމްގެ ހަރިންމަ ފުރިގެން، ކައިރީގައިވާ މަގުތައް ވެސް ފުރޭ ވަރަށް ރޭ މީހުން ޖަމާވެފައިވެއެވެ.
ރޭ މައްކާއަށް ވަނީ ވާރޭވެސް ވެހިފައެވެ.
ހަރަމްފުޅުގައ ރޭ އިމާމުވެ ދަމުނަމާދު ކުރެއްވީ ދެ ހަރަމްފުޅުގެ އިސް އިމާމް އަބްދުއްރަހުމާން އައް ސުދައިސްއެވެ.
މިދިޔަ އަހަރުގެ ރަމަޞާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި ނަމާދުކޮށްފައި ވަނީ 2.5 މިލިއަން މީހުންނެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ދުނިޔޭގެ މުސްލިމް ހުރިހާ ގައުމަކުން ވެސް ޢުމްރާގެ އަޅުކަމަށް މައްކާ އަށް ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރެއެވެ.
މި ލިޔުން ކިޔާލުމުން