މަޖީދީ މަގުގެ އެންމެ ފެންބޮޑުވާ ސަރަހައްދުގެ ކާނުތައް ސާފުކޮށް ނިމިއްޖެއެވެ.
ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް މިނިސްޓްރީން ބުނީ ހެންވޭރު ދަމަނަވެށިން ފެށިގެން މަޖީދީ މަގުގެ ހުޅަނގަށް ރަސްފަންނާއި ހަމައަށް މިހާރު ވަނީ ދެ ފަރާތުގައި ހުރި ކާނުތައް ސާފުކޮށް ނިންމާފައިވާކަމަށެވެ.
މިއީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އިއްޔެ ގެ ނިޔަލަށް ނިމިފައިވާ ހިސާބެވެ.
— Ministry of Cities, Local Government, Public Works (@MoCLPmv) March 26, 2025
މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލުންވެސް ދަނީ މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މާލޭ ސިޓީ ކައުންސިލުންވެސް ދަނީ މާލޭގެ މަގުތަކުގެ ކާނު ސާފުކުރުމާއި ހަލާކުވެފައިވާ ކާނުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަޖީދީމަގު (ސޯސަންމަގާއި ނިރޮޅުމަގާއި ދެމެދު)ގިނަވަގުތަށް ފެންހަރުލާ މައްސަލަ ހޯދާ އެ މައްސަލަ ހައްލުކޮށް އެ ސަރަހައްދުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މަޖީދީމަގުގެ ކާނުތަށް ސާފުކޮއް އަދި ގިނަވަގުތަށް ފެންހަރުލާ މައްސަލަ ހޯދާ ރަގަޅު ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. @MaleCitymv pic.twitter.com/Rw4nZM5aeC
— Mayor of Male’ City - Adam Azim (@adamazim) March 25, 2025
މީގެ އިތުރުން ފަޅުމަތީމަގުން ،ސޯސަންމަގު، ފިލިގަސްހިގުން އަދި ވައިލެޓްމަގުގެ ހަލާކުވެފައިވާ ކާނުތައް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ލިޔުން ކިޔާލުމުން