މިއަދު 18:00 އިން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބައެއް ސެކްޝަންތައް ބަންދުވާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ކަސްޓަމްސް އިން ބުނީ މިރޭ ބަންދުވާ ސެކްޝަންތަކުގެ ޚިދުމަތް ދެން ފަށާނީ މާދަމާ ހެނދުނު 09:30 ގައެވެ.
މިރޭ ކަސްޓަމްސްގެ ބައެއް ސެކްޝަންތައް ބަންދުވިޔަސް، ތިރީގައިވާ ޚިދުމަތްތައް ލިބެމުންދާނެ ކަމުގައި އެ މުއައްސަސާއިން ހާމަކުރެއެވެ.
- ޕެސެންޖަރ ކްލިއަރެންސް ސެކްޝަން
- އެއރކާގޯ ޑޮކިއުމަންޓޭޝަން / އެގްޒަމިނޭޝަން ސެކްޝަން އަދި ކޫރިއަރ ކާގޯ ޔުނިޓް
- ހާބަރ މެނޭޖްމަންޓް ސެކްޝަން / ސީޕޯޓް ސަވައިލަންސް އެންޑް އިންޓަރޑިކްޝަން ސެކްޝަން (ކަނޑު އުޅަނދު ފަހަރަށް ކްލިއަރެންސް ދޭންޖެހޭ ހާލަތްތަކުގައި)
- ތިލަފުށި ކަސްޓަމްސް
މީގެ އިތުރުން ކަސްޓަމްސް އިން ބުނީ އަތޮޅުތަކުގައި ޤާއިމްވެފައި ހުރި އޮފީސްތަކުންވެސް މި ޚިދުމަތްތައް ލިބެމުންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން