ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުންކުރަމުންދާ މިންވަރު މިދިޔަ ހަފުތާގައި އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ރޯދަ މަހުގެ 15 ން 21 އަށް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ބޭނުންކޮށްފައިވާ ގޮތަށްބަލާއިރު، ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާއާއި ގާތްގަނޑަކަށް އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ފުރަތަމަ ދެ ހަފްތާއެކޭ އެއްގޮތަށް މި ދުވަސްތަކުގައިވެސް އެއްގަޑިތަކެއްގައި ކަރަންޓު ބޭނުން ކުރަމުންދާމިންވަރު މަތިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރޯދަ މަހުގެ 15 ން 21 އަށް މާލެ އަދި ހުޅުމާލޭގައި ކަރަންޓު ބޭނުންކޮށްފައިވާ ގޮތަށްބަލާއިރު، ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާއާއި ގާތްގަނޑަކަށް އެއް ޕެޓާންއަކަށް ކަރަންޓު ބޭނުން ކޮށްފައިވާކަން ފާހަގަ ކުރެވޭ. އެގޮތުން ފުރަތަމަ ދެ ހަފްތާއެކޭ އެއްގޮތަށް މި ދުވަސްތަކުގައިވެސް… pic.twitter.com/uJkkuIoIJF
— STELCO (@STELCOMALDIVES) March 24, 2025
މީގެ އިތުރުން މި ދުވަސްތަކަށް ބަލާއިރު، ޖުމްލަކޮށް ދުވާލެއްގެ މައްޗަށް ކަރަންޓު ބޭނުން ކުރަމުންދާ މިންވަރު ފުރަތަމަ ދެ ހަފްތާއާއި އަޅާބަލާއިރު އިތުރުވެފައިވާއިރު، ކޮންމެ ދުވަހެއްގެވެސް އެންމެ ޕީކް ގަޑީގައި 100 މެގަވޮޓަށްވުރެ އިތުރަށް ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެހެންކަމުން ކަރަންޓު އިޤުތިޞާދު ކުރުމަށް ޅާއްޞަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ސްޓެލްކޯ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މާލެއާއި، ހުޅުމާލޭގައި އާދީއްތަ ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ވަނީ ހޮނިހިރު ދުވަހާ އަޅާބަލާއިރު އިތުރުވެފައެވެ.
މާލެއާއި، ހުޅުމާލޭގައި އާދީއްތަ ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރުވަނީ ހޮނިހިރު ދުވަހާ އަޅާބަލާއިރު އިތުރުވެފައި. އެގޮތުން އެންމެ ޕީކް ގަޑީގައި 103 މެގަވޮޓަށްވުރެ ގިނައިން އާދީއްތަ ދުވަހު ކަރަންޓު ވަނީ ބޭނުން ކުރެވިފައި. pic.twitter.com/UXxz4LJ5kp
— STELCO (@STELCOMALDIVES) March 24, 2025
އެގޮތުން އެންމެ ޕީކް ގަޑީގައި 103 މެގަވޮޓަށްވުރެ ގިނައިން އާދީއްތަ ދުވަހު ކަރަންޓު ބޭނުން ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން