އެމްޓީސީސީގެ ގްރޭޓަރް މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ފެރީ ނިޒާމްގައި ބޭނުން ކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
އެމްޓީސީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ އެ ކުންފުނީގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދަން މިދިޔަ ޖުލައި މަހު ކުރި އިޢުލާނަށް އިތުރު ފެރީ ބޭނުންވާ ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ މާރިޗު 27 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ އޭޕްރިލް 06 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކަމަށެވެ.
މަޢުލޫމާތު ސާފުކުރުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޒޮނެއިރިޔާ ބިލްޑިންގ 3ވަނަ ފަންގިފިލާގެ މީޓިންގް ރޫމްގައެވެ. އެމްޓީސީސީން ބުނީ އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި، މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން