ފަސްޓް ނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި މަރިޔަމް ވިސާމް އައްޔަނުކުރައްވައިފިއެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެ މަގާމަށް ވިސާމް އައްޔަނުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ.
އެ ކުންފުނިން މިއަދު ވަނީ އެ މަޤާމަށް ވިސާމް އައްޔަންކުރިކަން އިއުލާންކޮށްފައެވެ.
The Board of First National has appointed Mariyam Visam as Chief Commercial Officer. Welcome aboard!
Posted by First National Finance Corporation on Monday, March 17, 2025
އެ ކުންފުނިން ބުނީ ވިސާމްގެ ވިހި އަހަރުގެ ދުވަހުގެ މެނޭޖްމަންޓް އަދި ދާއިރާގެ ތަޖުރިބާގެ އަލީގައި އެ ކުންފުނީގެ މާކެޓިން ޓީމުތައް މެނޭޖުކުރުމާއި ސްޓެރެޓެޖިކް ޕާޓްނާޝިޕްތައް ގާއިމުކުކުރުމުގެ މަސައްކަތް ކުރައްވާނީ ވިސާމްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއަކީ ކުރީގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު އިސްކޮށް ހުންނަވައި 2021 ވަނަ އަހަރު އުފެއްދެވި މާލީ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިއެކެވެ.
މި ލިޔުން ކިޔާލުމުން