ޅ. ކުރެންދޫގައި އިމާރަތްކުރަމުންދާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުތެރޭ ނިންމުގެ އަމާޒު ހިފައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓޭޑާއެވެ. މިއީ ޑިޒައިން ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ވިދާޅުވީ ކުރެންދޫ ހައުސިންގ ޔުނިޓުތަކުގައި މިހާރުވަނީ ކޮންކްރީޓް މަސައްކަތްތައް ނިމިފައިކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ 50 ޔުނިޓްގެ ފްލެޓުތަކުގައި ކުރަންޖެހޭ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތައް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
ޅ. ކުރެންދޫގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ %60 ވަނީ ނިމިފައި
ކޮންކްރީޓް މަަސައްކަތްތައް ނިންމުމަށް ފަހު، މިހާރު ކުރިއަށް ދަނީ 50 ޔުނިޓްގެ ފްލެޓުތަކުގައި ކުރަންޖެހޭ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތައް#HousingProjects pic.twitter.com/0h0yxBC29Y
— Ministry of Construction, Housing & Infrastructure (@MoCImv) March 18, 2025
މި މަޝްރޫޢުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މުޅި މަޝްރޫޢުގެ %60 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޅ. ކުރެންދޫގައި ތަރައްޤީކުރަނީ 50 ހައުސިން ޔުނިޓްގެ ފުލެޓު އިމާރާތެކެވެ. އެއީ 10 ފަންގިފިލާގެ އިމާރާތެކެވެ. މި ހައުސިން ޔުނިޓްތަކުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ.
މި ލިޔުން ކިޔާލުމުން