މިސްރަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ޙަދީސް ޢިލްމުވެރިޔާ އައްޝައިޚް އަބޫ އިސްޙާޤުލް ޙުވައިނީ އަވަހާރަވެއްޖެއެވެ.
އެމަނިކުފާނު އަވަހާރަވީ އިއްޔެ ގެ ވަގުތެއްގައެވެ. ޝައިޚް އަވަހާރަވިކަން އިއުލާނުކުރެއްވީ ޝައިޚުގެ ދަރިކަލުން ޙާތިމް އަލްޙުވައިނީ އޭނާގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަވަހާރަވިއިރު އުމުރަކީ 68 އަހަރެވެ.
އާލާސްކަންފުޅު ބޮޑުވެ ހޮސްޕިޓަލުގައި ޝައިޚަށް ފަރުވާދެމުން އަންނަތާ ދުވަސްތަކެއްވީ ނަމަވެސް ހޮސްޕިޓަލުގައި އެޑުމިޓުކުރެވުނު ފަހުން ޝައިޚުގެ ހާލުކޮޅު އައީ ހީނަރުވަމުންނެވެ.
ޝައިޚް އަބޫ އިސްޙާޤުލް ޙުވައިނީ ގެ ޖަނާޒާ އޮންނާނީ މިއަދު ގެ އަސުރު ނަމާދަށް ފަހުގައެވެ.
ޝައިޚް އަބޫ އިސްޙާޤުލް ޙުވައިނީއަކީ ޙަދީސް ޢިލްމާއި، އިސްލާމީ ދަޢުވަތުގެ ދާއިރާގައި ދުނިޔޭގައިވެސް އެންމެ ފާހަގަކޮށްލެވޭ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ
އަލްހުވައިނީ ފާހަގަކުރެއްވީ ފަލަސްތީނާ ގުޅޭ މުހިންމު މައްސަލަތަކަށް ހައްލެއް ދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ދެކޮޅުވެރިކަމުގެ ހަރަކާތުގެ ހައްގުތައް، ޚާއްސަކޮށް ހަމާސްގެ ހައްގުތައް ވަރަށް ބޮޑަށް ދިފާއުކޮށް، އެ ޖަމާއަތަކީ އީރާނާ ގުޅިފައިވާ ޖަމާއަތެއް ކަމަށް ބުނާ ތުހުމަތުތަކަށް ފާޅުގައި ގޮންޖަހާފަ އެވެ.
އެމަނިކުފާނުގެ ހަރުދަނާ އުޞޫލުތަކުގެ ސަބަބުން އިސްލާމީ ނަޒާހަތްތެރިކަމުގެ ދިއްލާއެއްގެ ގޮތުގައި ދެކޭ އެތައް ބައެއްގެ ތެރޭގައި އޭނާއަކީ ލޮބުވެތި ޝަޚްސިއްޔަތަކަށް ވެގެން ދިޔަ ކަމަށް މީޑިއާތަކުގައި ފާހަގަކޮށްފައިވެއެވެ.
ޝެއިޚުގެ ވަކިވުމާއި ގުޅިގެން އިސްމާމީ ގިނަ ޤައުމުތަކުން ދަނީ އެކަމުގެ ހިތާމަ ފާޅުކުރައްވަމުންނެވެ.
މި ލިޔުން ކިޔާލުމުން