ރާއްޖޭގައި މުރަކަ ދިރުވާ އާލާކުރުމަށް 1.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފިއެވެ.
"ރީފް ސީޑް" ގެ ނަމުގައި ފެށި މި މަޝްރޫޢަކީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސްގެ އިތުރުން ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަނާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ތިން އަހަރު ދުވަހަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގެ ފަރުތަކުގައިވާ ގާ ހުދުވުމުގެ މައްސަލަ ހައްލުކުރުމަށް ފެށި މަޝްރޫއެއް ކަމަށެވެ.މީގެ އިތުރުން މިއީ ގާ ހުދުވުމުގެ މައްސަލައަށް ހައްލު ހޯދާ އެކަމަށް ދިރާސާތައް ހެދުމަށް މުހިންމު މަޝްރޫއެއް ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
Minister Shiyam inaugurated the "ReefSeed project" activities in the Maldives during the ReefSeed Demonstration Day. This initiative is a collaboration between the @MMRI_Maldives , @aims_gov_au , and @CSIRO , is funded by the @CORDAP_ .
This project exemplifies the power of… pic.twitter.com/d8zl27rGGz
— Ministry of Fisheries and Ocean Resources (@MFORmv) March 16, 2025
މި މަޝްރޫޢު އިފްތިތާހްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު ރައްކާތެރިކުރުމުގެ މަސައްކަތްތައް ކުރިއެރުވުމަށް ކުރިއަށް ގެންދާ މިފަދަ ނިޒާމަކަށް ޒުވާނުންގެވެސް ޝައުގުވެރިކަން ހުންނާނެ ކަމަށެވެ.
މި މަޝްރޫޢުގައި ބޭނުންކުރާނީ ޒަމާނީ ޓެކްނޮލޮޖީއާއެކު މުރަކަ ދިރުވައި އާލާކުރުމަށް އޮސްޓްރޭލިޔާއިން ތައްޔާރުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމު ޤާއިމުކޮށްފައިވަނީ އެމްއެމްއާރުއައި މެރިން ރިސަރޗް އިންސްޓިޓިއުޓް ޤާއިމުކޮށްފައިވާ ކ. މަނިޔަފުށީގައެވެ.
The ReefSeed Demonstration Day was inaugurated by Minister of @MFORmv , Ahmed Shiyam, marking a major step forward in reef restoration research and development in the Maldives.
ReefSeed is a collaboration between MMRI, @aims_gov_au , @CSIRO and @CORDAP_ #ReefSeed pic.twitter.com/njSBuUWg7U
— Maldives Marine Research Institute (@MMRI_Maldives) March 16, 2025
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގެ އިތުރުން މެރިން ރިސާރޗް އިންސްޓިޓިއުޓް، އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް މެރިން ސައިންސް އަދި އޮސްޓްރޭލިއަން ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން