ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މިއަދު އަތުލައިގެންފައިވަނީ އެއް ކިލޯގެ ކެނަބިސް ކަމަށެވެ.
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
ބާވަތް: ކެނެބިސް
ބަރުދަން: 1097ގުރާމް
މަގުމަތީ އަގު: 877,600.00 ރުފިޔާ pic.twitter.com/6GbNQx9lU6
— Maldives Customs Service (@CustomsMv) March 16, 2025
މި ތަކެތީގެ ބަރުދަނުގައި ޖުމުލަ 1،097 ގުރާމު ހުރި ކަމަށް އެ އިދާރާއިން ބުނެއެވެ. މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސް އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުވެސް ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މިގޮތުން 2138 ގުރާމު މެތަމްފެޓަމިނާއި، 1086 ކެޓަމިން އަދި 310 ހެރޮއިނާއެކު އެ ތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން