މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެންބަރު، މުޙައްމަދު އަރީޝް އިންތިޚާބުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ޑެޕިއުޓީ މޭޔަރު ހޮވުމަށް މާލެ ސިޓީ ކައުންސިލުން ބޭއްވި އިންތިޚާބުގައި މެންބަރު އަރީޝް، ޑެޕިއުޓީ މޭޔަރު ކަމަށް އިންތިޚާބުވެފައިވަނީ ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމަށް މެންބަރު އަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. އެހެން ކަމުން ޑެޕިއުޓީ މޭޔަރު ޢައްޔަން ކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
މިއީ ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ނަރީޝް މާރިޗް މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވުނު އިންތިޚާބެކެވެ. ނަރީޝް ވަނީ މިއަދު ޔޫތު މިނިސްޓަރުގެ އެޑްވައިޒަރުގެ މަޤާމަށް ޢައްޔަންކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން