ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންގެންދާ ކާޑު ޚިދުމަތްތަކުގެ މެއިންޓަނަންސް މަސައްކަތް ނިންމައި، ޚިދުމަތްތައް އަލުން އިއާދަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ބޭންކުން މީގެ އިރުކޮޅެއް ކުރިން ޕޯސްޓެއްގައެވެ.
The planned maintenance has been completed and all card services are now available. Thank you for your patience.
— Bank of Maldives (@bankofmaldives) March 15, 2025
ބީއެމްއެލް އިން ވަނީ ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތެއްގެ ސަބަބުން މިއަދު 05:00 އިން 07:00 އަށް އެ ބޭންކުގެ ކާޑުގެ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ލަފާކުރި ވަރަށްވުރެ މެއިންޓަނަންސް މަސައްކަތް ދިގުލައިގެން ގޮސްފައިވާ ކަމަށާއި، އޭޓީއެމް އަދި ޕޮސް މެޝިންތައް ހިމެނޭހެން ބީއެމްއެލްގެ ކާޑު ޚިދުމަތްތައް މިއަދު 14:30 އާ ހަމައަށް މެދުކެނޑޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ނަމަވެސް ބީއެމްއެލް އިން މި ވަނީ ފަހުން ލަފާކުރި ވަރަށްވުރެ މާ ކުރިން މަސައްކަތް ނިންމައި، ޚިދުމަތްތައް އިއާދަކޮށްފައެވެ.
ބީއެމްއެލްގެ ކާޑު ޚިދުމަތްތަކަށް ބުރޫ އެރުމުގެ ސަބަބުން ދިމާވި ދަތިތަކަށް ބޭންކުން ވަނީ މަޢާފަށްވެސް އެދިފައެވެ.
މި ލިޔުން ކިޔާލުމުން