ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
ބޯޑަށް އައްޔަންކުރަނީ ގދ. ގައްދޫ، ބިލަތްމާގެ، އައިޝަތު ފަޒީނާ އެވެ.
މިކަމާ ގުޅިގެން މިއަދު އެސްޓީއޯއިން ބުނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ) ން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލުގެންނަވާފައި ވާކަމަށެވެ.
We are pleased to announce the appointment of our new Board Director, Ms. Aishath Fazeena. Welcome to #teamSTO 😄https://t.co/6Jzxp9FNGh pic.twitter.com/HkBsjMyINy
— STO (@stoplc) March 11, 2025
ފަޒީނާ ވަނި މީގެ ކުރިން ވެސް އެ އެސްޓީއޯ އަދި އެމްޓީޑީސީގައި ވެސް ބޯޑު ޑިރެކްޓަރުކަން އޭނާ އަދާކޮށްފައެވެ.
ފަޒީނާ އާއި އެކު ޖުމުލަ ހަތް މެމްބަރުން އެ ބޯޑްގައި ތިއްބަވައެވެ.
މި ލިޔުން ކިޔާލުމުން