ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތައް މިރޭ ފެށި އޮޕަރޭޝަނުގައި މިހާތަނަށް 03 މީހަކު ހައްޔަރު ކޮށްފި އެވެ.
ދާދި ދެންމެ ފޮލުހުން އާންމު ކުރި ކުރު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފަށާފައިވާ އޮޕަރޭޝަނުގައި 03 މީހުން ހައްޔަރު ކުރުމުގެ އިތުރުން ، ގުޅުންހުރި ތަންތަން ދަނީ ބަލައިފާސްކުރަމުންނެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި ހުރި ގެއަކާއި، ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ އިތުރުން ޝަބްނަމް މަގުގައި ހުރި ގެއެއްވެސް ބަލައި ފާސްކޮށްފައެވެ.
މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ފުލުހުން ކުރިން ނެރުނު ބަޔާން ވަނީ ފަހުން ބާތިލުކޮށްފައެވެ.
ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކޮށް ފޭސްބުކް އެކައުންޓު މެދުވެރިކޮށް ހިއްސާ ކުރި ޕޯސްޓު ވަގުތީ ގޮޮތުން ޑިލީޓްކޮށްފައިވާ ކަމަށާއި އަދި އެ ބަޔާނުގައިވާ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން