ނ. ވެލިދޫއަށް މިރޭ އެރި ނަގޫރޯޅިއެއްގައި އެ ރަށު އާރްޑީސީގެ ފުރާޅު އެއްލާލައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 10:20 ހާއިރުގައެވެ.
ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން، ސަބަބު ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، ނަގޫރޯޅިއާ އެކު އާރްޑީސީގެ ފުރާޅު ވަނީ ވަރަށް ދުރަށް އެއްލާލާފައެވެ. އަދި މީގެ އިތުރުން ސައިޓުގައި ހުރި ހޮޅިތަކެއް ވެސް ވަނީ ވިއްސައިގެން ގޮސްފައެވެ.
"މި ހާދިސާގައި ދެ އަންހެނަކާއި އެއް ފިރިހެނަކަށް އަނިޔާވެފައިވޭ،" އާތިފް ވިދާޅުވިއެވެ. އަނިޔާވި ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ އިރު، އިތުރު ފަރުވާއަށް އުނގޫފާރަށް ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
މި ލިޔުން ކިޔާލުމުން