ރާއްޖެއިން އިތުރު ދެ ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. މި މަޤާމުތައް ޢައްޔަންކުރައްވަން ރައީސް ފޮނުއްވި ނަންތައް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވައިފައެވެ.
މިގޮތުން، ރައީސް ވަނީ ސްޕެއިނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމްގެ ނަން އަދި ނިއުޒިލެންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް މިހާރު ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ލުވޭޒުގެ ނަން ހުށަހަޅުއްވައިފައެވެ.
މި ދެ ބޭފުޅުންގެ ނަންވެސް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
މި ލިޔުން ކިޔާލުމުން