މާފަންނުގައި އޮންނަ ހިތްގައިމު މައިޒާނެއްކަމަށްވާ ރަސްފަންނު ވަރަށް ބޮޑަށް ވީރާނާވެފައިވާތީ މަރާމާތު ކުރުމަށްފަހު ވަގުތީގޮތުން އާއްމުންނަށް ހުޅުވާލައިފިއެވެ.
އިއްޔެ އެ ސަރަޙައްދު އަލުން މަރާމާތު ކުރުމަށް ބަންދު ކުރުމަށްފަހު އަލުން ވަގުތީގޮތުން ވަނީ އެސަހަރައްދު އާއްމުންނަށް ހުޅުވާލައިފައެވެ. ރައީސް މުއިއްޒު އެސަރަހައްދަށް ވަޑައިގެންނެވިއިރު ރައީސް އާއިއެކު ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެތަނުގައި މިހާރު މަރާމާތު ކުރެވުނު ތަންތަނުގެ ތެރޭގައި މޫދައް އެރޭ ސަރަހައްދުގެ ޗަކަ ނެގުން، ފެންވަރާތަން މަރާމުކުރުން، ހަޓްތައް މަރާމތުކުރުން، ޖޯލިތައް އަދި ބާބަކިއު ހެދުމަށް ބޭނުންކުރާ ސްޓޭންޑްތައް ވެސް ވަނީ މަރާމާތު ކުރެވިފައެވެ.
އެ ސަރަހައްދުގެ މޫދުގައި ޗަކަހެދިފައިވާތީ އެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކުގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި ބީޗް ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާތީ އެ ސަރަހަށްދު އެޗްޑީސީގެ އެހީތެރިކަމާއި އެކު ވެލިއަޅާ ރަނގަޅުކޮށްފައިވާ ކަންވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްފަންނު ސަރަޙައްދު ބައްލަވާލެއްވުމަށް މިއަދު ވަނީ ވަޑައިގެންފައެވެ. މި ޒިޔާރަތުގައި މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް އަދި މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 22 ފެބުރުވަރީ 2025 ގައި މި ސަރަޙައްދު… pic.twitter.com/4puXNhAaBC
— Ministry of Construction, Housing & Infrastructure (@MoCImv) March 6, 2025
މީގެ އިތުރުން އިއްޔެ އެ ސަރަހައްދު އާއްމުންނަށް ހުޅުވުމުގެ ކުރިން ސިޓީސް މިނިސްޓްރީން ވަނީ އެ ސަރަހައްދަށް ދޮންވެލި ލާ ސާފުކޮށްފައެވެ. ރަސްފަންނު މަރާމާތު ކުރުމަށް ސަރުކާރުގެ އެސްއޯއީތައް ބޭނުން ކޮށްގެން އެއްހަފްތާ ތެރޭގައި ވަނީ ހައްލުކޮށްފައެވެ.
މިނިސްޓަރ މުއްތޮލިބު ވިދާޅުވީ އެ ސަރަހައްދު މިހާރު ހަދާފައިވަނީ ރައްޔިތުންނަށް އެތަން މިހާރު ބޭނުންކުރަން ހުރި ދަތިތައް ފިލުވާ ބޭނުންކުރެވޭނެ ގޮތެއް ހެދުމަށް ކަމަށެވެ. ނަމަވެސް ރަސްފަންނު އެއްކޮށް ތަރައްގީ ކުރެވިގެން ދާއިރު އެސަރަހައްދުގައި ހުރި ހުރިހާ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.
ސިޓީ ކައުނސިލްގެ ބެލުމުގެ ދަށުގައި އޮތް ރަސްފަންނު ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ޙަވާލުކުރީ މިނިސްޓްރީން އެދިގެންނެވެ. އެއީ އެތަން އަލުން ރީ ޑިވެލޕް ކުރުމަށް ކަމަށް މިނިސްޓަރ މުއްތޮލިބް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން