ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބޭނުންވާ ބަޔަކަށް އާސަންދަ ހަމަޖައްސައިދޭން، އާސަންދަ އޮފީހުގައި ޚާއްޞަ ޑެސްކެއް ޤާއިމްކޮށްފައިވާ ކަމަށް ބުނެ އޮންލައިން ނޫސް "އަދަދު" އިން ގެނެސްދީފައިވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
މިގޮތުން އާސަންދައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަދަދު ނޫހުން ގެނެސްދީފައިވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއް. އާސަންދަ ކުންފުނިން މިފަދަ އެއްވެސް ޑެސްކެއް ޤާއިމުކޮށްފައިނުވާނެ ކަމުގައި ދަންނަވަން. pic.twitter.com/MGOWQKZbAb
— Aasandha Company Ltd (@AasandhaLtd) March 6, 2025
އަދި އާސަންދަ ކުންފުނިން އެފަދަ އެއްވެސް ޑެސްކެއް ޤާއިމުކޮށްފައިނުވާނެ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ "އަދަދު" އިން ގެނެސްދިން ޚަބަރު ދޮގުކޮށް، އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދަދު ނޫހަކީ ސަރުކާރަށް ފާޑުކިޔައި ގިނަ ޚަބަރުތަކެއް ޝާއިޢުކުރަމުންދާ ނޫހެކެވެ.
މި ލިޔުން ކިޔާލުމުން