ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްފަންނަށް ވަޑައިގެން އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
މިގޮތުން އެމަނިކުފާނު ވަނީ ރަސްފަންނުގައި ހަމަޖެހުން އަލުން ޤާއިމްކޮށް، އެތަނުގެ ކުރީގެ ޝަރަފަށް އިއާދަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައިފައެވެ.
President Dr @MMuizzu visits Rasfannu to assess ongoing efforts to restore harmony and renovate the premises to their former glory. The President was accompanied by prominent Government figures, Members of Parliament, and senior representatives from relevant authorities… pic.twitter.com/TdrzOf4jHr
— The President's Office (@presidencymv) March 6, 2025
ރައީސްގެ މި ޒިޔާރަތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، މަޖިލިސް މެންބަރުންނާއި، މަރާމާތުކުރުމުގެ މަސައްކަތުގައި އުޅޭ ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިފައެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހު ރަސްފަންނު ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވަނީ މިއަދު ވިދާޅުވެފައެވެ.
އަލުން މަރާމާތުކޮށް ނިންމާ އާއްމުންނަށް ހުޅުވޭއިރު ރަނގަޅު ފެންވަރެއްގައި އެތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެއެވެ.
ރަސްފަންނު ހަލާކުވެ ވީރާނެފައިވާތީ އެތަނުގެ ހާލަތާއި މެދު ރައީސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއާއި އެކު އެތަން މަރާމާތު ކުރުމުގެ ކަންކަން ވަނީ ހަލުވިކޮށްފައެވެ.
މި ލިޔުން ކިޔާލުމުން