ގާނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު އޮނަރަބަލް ސެމުއެލް އޮކުޒެޓޯ އަބްލަކްވާ އެމް.ޕީ. އަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ގާނާގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާ ފޮނުއްވާފައިވެއެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަނިކުފާނާއެކު ގާތުން މަސައްކަތް ކުރުމަށް އުންމީދުކައްވާކަމަށްވިދާޅުވިއެވެ.
Foreign Minister Dr. Khaleel sends Independence Day greetings to the Minister for Foreign Affairs and Regional Integration of the Republic of Ghana
📃 Press Release | https://t.co/5eC953HXUN pic.twitter.com/a97YBpzh5Q
— Ministry of Foreign Affairs 🇲🇻 (@MoFAmv) March 6, 2025
މި ލިޔުން ކިޔާލުމުން