މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހު ރަސްފަންނު ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން ފަށައިފިއެވެ.
މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް ވަނީ އެ މިނިސްޓްރީގެ މުވައްޒަފުން ރަސްފަނު ސާފުކުރަމުްނދާ ފޮޓޯ އެކްސްގައި ހިއްސާކުރައްވާފައެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހު ރަސްފަންނު ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް @MoCLPmv އިން މިވަނީ ފަށާފައި. pic.twitter.com/I73qkhZCVN
— Adam Shareef Umar (@Adamshareefz) March 6, 2025
ރަމަޞާން މަސް ނިމުމުގެ ކުރިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން ވަނީ ރަސްފަންނު މަރާމާތުކޮށްފައެވެ.
އަލުން މަރާމާތުކޮށް ނިންމާ އާއްމުންނަށް ހުޅުވޭއިރު ރަނގަޅު ފެންވަރެއްގައި އެތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެއެވެ.
ރަސްފަންނު ހަލާކުވެ ވީރާނެފައިވާތީ އެތަނުގެ ހާލަތާއި މެދު ރައީސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއާއި އެކު އެތަން މަރާމާތު ކުރުމުގެ ކަންކަން ވަނީ ހަލުވިކޮށްފައެވެ.
މި ލިޔުން ކިޔާލުމުން