މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ( މިފްކޯ ) މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އޭނާ އެމަޤާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަންކޮށްފައި ވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ .
— Privatization & Corporatization Board (@pcb_gov) March 5, 2025
މިފްކޯގެ ސީއީއޯ ގެ މަޤާމަށް ފަރުހަތު ޝަހީރު އައްޔަންކުރައްވާފައި މިވަނީ އެ މަޤާމާއި މީގެ ތިން މަސްދުވަސް ކުރިން ހަވާލުވެވަޑައިގެންނެވި ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން ވަކި ކުރުމަށް ފަހުގައެވެ. އޭނާ އެ މަޤާމުން ވަކިކުރީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު ވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ދުވަސްވަރު އައިޖީއެމްއެޗްގެ ސީއީއޯގެ މަޤާމްވެސް އަދާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން