މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލާއި ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަކޮށް 'އަވަސްވެ ގަންނާށެ' މި ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.
ފަސް ހަފްތާއަށް ބަހައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އައްސޭރި ޖަލުގެ 116 ޤައިދީން ބައިވެރިވެފައިވެއެވެ. އަދި ހުޅުމާލޭ ޖަލުން ބައިވެރިވީ 51 ޤައިދީންނެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުމެވެ.
އައްސޭރި ޖަލާއި ހުޅުމާލެ ޖަލުގެ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި https://t.co/XqFr8Y9Otn pic.twitter.com/yZHOZehSzY
— Maldives Correctional Service (@CorrectionsMv) February 27, 2025
މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެއެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށް ވަރަށް މުޙިއްމު ޕްރޮގްރާމްތަކެވެ. އަދި މުސްތަޤްބަލްގައި ޤައިދީންގެ ރިހެބިލިޓޭޝަން އިތުރަށް ފުޅާކޮށް، ތަޢުލީމީ، ފަންނީ އަދި ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން އައްސޭރި ޖަލުގައި މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން