ހުޅުމާލޭ ސަހަރާގައި ފެން ނުހިނދޭތީ މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުގެ ސަބަބުން މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވެން ނެތް ކަމަށެވެ.
މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވޭކަށެއް ނެތެވެ. ސަބަބަކީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުން.
މިހެން ކަމުން މިއަދު މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު… pic.twitter.com/2bGeHsO4cv— Malé City Council (@MaleCitymv) March 2, 2025
މިހެން ކަމުން މިއަދު މަޣްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު މާލެ އާސަހަރާއަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ހުކުރު ދުވަހުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުންވެސް ވަނީ ހަރަކާތްތެރިވެފައެވެ. މެ
ޓް އޮފީހުން ވަނީ މިއަދު 12:30 އިން 17:30 އަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރިމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ.
މި ލިޔުން ކިޔާލުމުން