38 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެއްޖެގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އެހީތެރިވާން ފަށައިފިއެވެ.
އެމްއެްނޑީއެފް އިން ބުނީ ތިލަފުށްޓާ ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން.
ތިލަފުށްޓާ ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ އުޅަނދުގައި 38 މީހުން ދަތުރު ކުރަމުންދޭ. pic.twitter.com/7Sgke38eRo
— Maldives National Defence Force (@MNDF_Official) March 2, 2025
މިއުޅަނދުގައި 38 މީހުން ތިބިކަމަށާއި، އެއީ 34 ޓޫރިސްޓުންނާއި 4 ކްރޫންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާގެ އިތުރު ތަފްޞީލެއް އަދި ލިބިފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން