މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ފެން ހިންދުމުގައި މާލޭގެ 4 ސަރަހައްދެއްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ މާލޭގެ 4 ސަރަހައްދެއްގައި ހަރަކާތްތެރިވަމުން. pic.twitter.com/ttO1Oda0Wn
— Maldives National Defence Force (@MNDF_Official) February 28, 2025
މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ އަށް ރައްޔިތުން ތައްރާރުވުމުގެ ކަންކަން ފަސޭހަ ކުރުމުގެ މަސައްކަތް ސަރުކާރުން ވެސް ވަނީ ފަށަފައެވެ. އެގޮތުން ސަރުކާރުން ވަނީ މުލަ ރޯދަ ދުވަހަށްތައްޔާރު ވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތް ފަށާފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މާލޭގައި އާއްމުކޮށް ވާރޭވެހި ފެންބޑުވާ ސަރަހައްދުތަކުގެ މަގުތައްވެސް ދާދި ފަހުން ވަނީ މަރާމާތުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން