މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ އަށް ރައްޔިތުން ތައްރާރުވުމުގެ ކަންކަން ފަސޭހަ ކުރުމުގެ މަސައްކަތް ފެށިއްޖެ: ސަރުކާރު
ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާތީ ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސުލް ޖުމުހޫރިއްޔާގެ ސްޕޯރކްސް ޕާރސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށްތައްޔާރު ވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސްވަނީ މަސައްކަތް ފަށާފައި.
އަދި މޫސުން…
— Heena Waleed (@MvSpokesperson) February 28, 2025
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މާލޭގައި ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބަސްތާތަކަށް ވެލި އެޅުމުގެ މަސައްކަތް ފަށާފައެވެ.
ވިއްސާރަވެ ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބަސްތާތަކަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށްދަނީ pic.twitter.com/ueITRMDUPt
— Malé City Council (@MaleCitymv) February 28, 2025
މާލޭގައި އާއްމުކޮށް ވާރޭވެހި ފެންބޑުވާ ސަރަހައްދުތަކުގެ މަގުތައްވެސް ދާދި ފަހުން ވަނީ މަރާމާތުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
އެހެންވީމަ ތިޔަ ތައްޔާރުވާނީ ބޯކޮށް ވާރޭ ވެހިދާނެ ކަމަކަށް ނޫ ، ރޯދަމަހާ ކޮން ގުޅުމެއް އޮތީ
މި ލިޔުން ކިޔާލުމުން