"އޮޅު ހިޔާ" ފެސިލިޓީއަށް 16 ގަޑިއިރު ތެރޭގައި 15 ބުޅާ ގެންދެވިފައިވާ ކަމަށް އެނިމަލް ވެލްފެއަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ވިދާޅުވީ ބުޅާ ފެސިލިޓީ އާއި ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، އަޅުގަނޑުމެންގެ ޓީމުން ވަނީ އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައި ކަމަށެވެ.
މި މިކަން ހާސިލް ކުރެވުނީ މިނިސްޓްރީގެ ޓާސްކް ފޯސް އިން ހުއްޓުމެއްނެތި ކުރެވުނު މަސައްކަތާއި، ހިތްވަރާއިއެކު އެއްބާރުލުން ދެއްވި އެން.ޖީ.އޯތަކުގެ މިންނެތް މަސައްކަތުގެ ސަބަބުން ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
"އޮޅު ހިޔާ" ފެސިލިޓީއާ ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، އަޅުގަނޑުމެންގެ ޓީމުން ވަނީ އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައިއެވެ. އަދި މިހާތަނަށް، 15 ބުޅާ ވަނީ އެތަނަށް ގެނެވިފައެވެ. މިކަން ހާސިލް ކުރެވުނީ… pic.twitter.com/RWMxugvXfm
— Ministry of Agriculture and Animal Welfare (@MAAWmv) February 28, 2025
އޮޅު ހިޔާ ފެސިލީޓީ އާއި މިނިސްޓްރީން ހަވާލުވީ މިދިޔަ ބުދ ދުވަހު އެވެ.
ޕެޓް ކެއަރ ފެސިލިޓީ ނުވަތަ އޮޅު ހިޔާ ތަރައްޤީ ކުރީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މާލެ ސިޓީކައުންސިލާއި ހަވާލުކޮށްގެންނެވެ. ފެސިލިޓީ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވިނަމަވެސް އެ ފެސިލިޓީގެ ޚިދުމަތް ނުފެށި ފެށިފައި ނުވލަސްވީ މިނިސްޓްރީން ދީފައިވާ، ގައިޑްލައި އާއި އެއްގޮތަށް ވަސީލަތްތައް ކުރެވިފައި ނުވާތީ ކަމަށް މިނިސްޓރީން މައުލޫމާތު ދެއެވެ. އަދި މީގެ އިތުރުން ވެޓްރިނަރީ ލައިސަންސް ލިބިފައިނުވުމާއި، ޑޮކްޓަރުންނާއި ނަރުހުން ވެސް ނަގާފައިނުވާތީކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މި ލިޔުން ކިޔާލުމުން