ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކުރާ ފްލެޓް ލިބުން އޭނާއަށްވުރެ މާ ހައްގުވެރި އެހެން ރައްޔިތުން ތިބިކަމަށް ވިދާޅުވެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލިބިވަޑައިގެންނެވި ފްލެޓް ދޫކޮށްލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު ނިންމަވައިފިއެވެ.
އެމަނިކުފާނު މިރޭ ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން އެ ފްލެޓް ލިބުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެ ދެމަފިރިންނަށްވުރެ ފްލެޓް ހައްގުވާ އެތައް ބައިވަރު އެހެން އާއިލާއެއް ތިބޭނެތީ ފްލެޓް ދޫކުރަން ގަސްދުކުރައްވާ ކަމަށެވެ.
— Dr Ali Haidar Ahmed (@min_mohe) February 27, 2025
ގެދޮރުވެރިޔާގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ލިސްޓުގައި ހައިދަރުގެ ދެމަރިފިންނަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. އެހެންވެ ހައިދަރުގެ ދެމަފިރިންނަށް އޮތީ ފްލެޓް ލިބިފައެވެ.
އެދެމަފިރިން ކޯ އެޕްލިކަންޓްގެ ގޮތުގައި ކުރިމަތިލާ ފްލެޓަށް ޝަރުތު ހަމަވުމާއި އެކު ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ހައިދަރަށް ފްލެޓް ލިބުމުން އެކަމާ ގުޅިގެން ހައުސިންގ މިނިސްޓަރ މުއްތަލިބު ވިދާޅުވީ ހައިދަރުގެ ދެ ކަނބަލުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފޯމަށް ކުރީގެ ސަރުކާރުން ޕޮއިންޓް ދިނުމަށްފަހު 15 ނޮވެންބަރު 2023 ގައި ނެރުނު ލިސްޓުގައި 75 ޕޮއިންޓް ލިބިގެން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި އޭރު ވެސް ހިމެނިފައި އޮތް ކަމަށެވެ.
މިނިސްޓަރ ޑރ އަލީހައިދަރު އަހްމަދުގެ ދެ ކަނބަލުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފޯމަށް ކުރީގެ ސަރުކާރުން ޕޮއިންޓް ދިނުމަށްފަހު 15 ނޮވެންބަރު 2023 ގައި ނެރުނު ލިސްޓުގައި 75 ޕޮއިންޓް ލިބިގެން ފްލެޓްލިބޭ މީހުންގެ ލިސްޓްގައި އެފަރާތްތައް އޭރުވެސް… https://t.co/OYv9n7Ltlr pic.twitter.com/AxlBKVWW7E
— Abdulla Muththalib (@muththo) February 27, 2025
ސޯޝަލް މިޑިއާގައި ފާޑުކިޔަމުންދަނީ އެ ދެމަފިރިން މީގެ ކުރިން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ފްލެޓް ލިސްޓަށް ޝަރުތުހަމަވުމުންނެވެ.
މިއަދު ހައުސިންގ މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓަށް ޝަރުތުހަމަވާ މީހުންގެ ލިސްޓް އާއްމުކޮށްފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މާރޗް 31 ގެ ނިޔަލަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ލިޔުން ކިޔާލުމުން