އާރްޓީއެލް ފެރީގެ ޚިދުމަތް ރޯދަ މަހުގެ ފުރަތަމަ ދުވަހާއި ހުކުރު ދުވަސްތަކުގައި މެދުކެނޑޭނެ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ ކުންފުނިން ފޯރުކޮށްދެމުން ގެންދާ އާރްޓީއެލް ފެރީގެ ޚިދުމަތް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި ހުކުރު ދުވަސްތަކުގައި މެދުކަނޑާލެވޭނެ ކަމަށެވެ.
މިގޮތުން މި ބަދަލުތައް އާރްޓީއެލް ޓިކެޓް ރިޒަރވޭޝަން ސިސްޓަމުންވެސް މިހާރު ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި މާރިޗު 1 ވާ ހޮނިހިރު ދުވަހަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާތީ، އެމްޓީސީސީ އަތޮޅު ފެރީގެ ދަތުރުތައް އެ ދުވަހަށް މެދުކަނޑާލެވޭނެ ކަމަށެވެ.
ނަމަވެސް، ޒޯން 6 ގެ ފެރީ ދަތުރުތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން