މ. މުލަކު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސޯސަން މަގުގައި ދުވާރުގެ މަސައްކަތާއި، އިރުދޭ މަގު އަދި ބަހާރީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސޯސަން މަގުގައި ދުވާރުގެ މަސައްކަތް ދަނީ ކުރަމުން. މީގެ އިތުރުން އިރުދޭ މަގު އަދި ބަހާރީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކްގެ މަސައްކަތް ވެސް ދަނީ ކުރަމުން.#TeamRDC pic.twitter.com/IVghRSgrug
— Road Development Corporation Ltd (@rdcmaldives) February 25, 2025
މި މަޝްރޫޢުގެ %68 އަށްވުރެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ.
މުލަކުއަތޮޅު މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އާރްޑީސީ އާ ހަވާލުކުރީ 2021 ވަނަ އަހަރުއެވެ.
މި މަޝްރޫޢުގެ ދަށުން ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ހެދުމާއި، މަގުތަކުގައި ނިޝާންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރާއި ނިޝާން ބޯޑުތައް ބެހެއްޓުންވެސް ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި އެއަށް ބޭނުންވާ ކަރަންޓު ކޭބަލްވެސް މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވެއެވެ.
މި ލިޔުން ކިޔާލުމުން