މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައިފިއެވެ.
ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ މިއަހަރުގެ ޕީކް ސީޒަނަށާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި އެ ޖަނަރޭޓަރު ކޮމިޝަން ކުރެވި މިހާރު ވަނީ ބޭނުން ކުރަން ފަށާފައި ކަމަށެވެ.
ސްޓެލްކޯއިން ބުނީ، މީގެ ސަބަބުން ދަނގެތީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން ވަނީ އިތުރަށް ކަށަވަރުކުރެވިފައި ކަމަށެވެ.
މި އަހަރުގެ ޕީކް ސީޒަނަށާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މި ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި އެ ޖަނަރޭޓަރު ކޮމިޝަން ކުރެވި މިހާރު ވަނީ ބޭނުން ކުރަން ފަށާފައި. މިއާއިއެކު ދަނގެތީގައި ދެމުންދާ… pic.twitter.com/ti8PnQZP29
— STELCO (@STELCOMALDIVES) February 24, 2025
މި ލިޔުން ކިޔާލުމުން