އިތުރު ޚިދުމަތްތަކާއި އެކު މާއެނބުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފިއެވެ.
މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެމަނިކުފާނު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާއެނބޫދޫގައި ޤާއިމްކޮށްފައިވާ ސިއްޙީ މަރުކަޒު ހުޅުއްވައި ދެއްވާ އެމަނިކުފާނު ވަނީ އެތަން ބައްލަވާ ލައްވާފައެވެ.
މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތަކީ އެ މަރުކަޒުން ޚިދުމަތް މިހާރު ދިނުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯއްދައިވައި ދެއްވުމަށް، ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތާއެކު އަލަށް 5 ޚިދުމަތެއް ވަނީ ތަޢާރަފްކޮށްފައެވެ.
President Dr @MMuizzu inaugurates the Dh. Maaen'boodhoo Health Centre extension project. The new wing features a public health unit, offices, a garage, laundry facilities, medical and non-medical storage areas, and a conference hall.
This initiative will significantly enhance… pic.twitter.com/P7DuFsZKfT
— The President's Office (@presidencymv) February 24, 2025
މި އިމާރާތުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ލިބޭނެއެވެ. މީގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ޙާއްޞަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްޞަ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް ހުންނާނެއެވެ.
މިއިމާރާތުގައި މެޑިކަލް އަދި އެހެނިހެން ތަކެތި ސްޓޯކުރެވޭނެ ޖާގައާއި ކޮންފަރެންސް ހޯލެއްވެސް ހިމެނެއެވެ.
މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ.
މި ލިޔުން ކިޔާލުމުން