ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
ރައިސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދ އަތޮޅަށް މިހާރު ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި، މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާންއެވެ.
ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްޤީކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެރަށުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުުރުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ނަމަވެސް އެ މަޝްރޫޢު ޙަޤީގަތަކަށް ހެދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނެތްކަމަށެވެ.
President Dr @MMuizzu attends the signing ceremony for the development of a commercial port in Kudahuvadhoo, a project aimed at enhancing trade, boosting economic growth, and strengthening the nation’s logistics and connectivity.#RayyithunGaathah #DhaaluVisit pic.twitter.com/SQP7Oq7mEF
— The President's Office (@presidencymv) February 23, 2025
ރައީސް ވިދާޅުވީ ސަރުކާރުގެ މި ދައުރުގެ ތެރޭގައި ވިޔަފާރި ބަނދަރުގެ މަސައްކަތް ނިންމާނެކަމަށެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ރައީސް ވަނީ މިއަހަރު ނިމުމުގެ ކުރިން ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވާނޭކަމަށްވެސް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން