ސްޕެނިޝް ލަ ލީގާގައި ބާސަލޯނާ މޮޅުވެ ޓޭބަލްގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
ރޭ ބާސަލޯނާ އާއި ލަސް ޕަލްމަސް ބައްދަލު ކުރި މެޗް ބާސާ އިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެއެވެ.ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނީ އެލްމޯ އެވެ.އޭނާ މި ގޯލް ޖެހީ 62 ވަނަ މިނިޓުގައި ލަމިން ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ.2 ވަނަ ގޯލް މެޗުގެ އެންމެ ފަހު މިނިޓުގައި ކާމިޔާބު ކޮށްދިނީ ފެރާން ޓޮރޭޒް އެވެ.
ރޭގެ މޮޅާ އެކު ބާސަލޯނާ އިން ޓޭބަލް ގެ އެއްވަނައިގައި އޮތީ 25 މެޗުން 54 ޕޮއިންޓް ހޯދައިގެންނެއެވެ.
ރޭ ގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، އެތްލެޓިކޯ މެޑްރިޑް ވަނީ މޮޅުވެ ޓޭބަލްގެ ދެވަނަޔަށް ޖެހިލާފައެވެ.ވެލެންސިޔާ އާއި ބައްދަލު ކުރި މެޗު އތްލެތިކޯ ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެއެވެ.މި މެޗުގައި އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ވަނީ 02 ގޯލް ކާމިޔާބު ކޮށްދީފައެވެ.އެ އީ ފުރަތަމަ ގޯލް 12 ވަނަ މިނިޓުގައި އަދި ފަހު ގޯލް 30 ވަނަ މިނިޓުގައި އެވެ.
މި ސީޒަނުގައި މަަންޗެސްޓަރ ސިޓީ ދޫކޮށް އެތްލެޓިކޯ އަށް ބަދަލުވި ހުނަރުވެރި ފޯވާޑް އަލްވަރޭޒް ވަނީ އެ ކްލަބަށް 17 ގޯލް މިހާތަނަށް ކާމިޔާބު ކޮށްދީފައެވެ.އެތްލެޓިކޯގެ ފަހު ގޯލް ޖަހައިދިނީ ކޮރިޔާ އެވެ.
ލީގުގައި މިރޭ ރެޔާލް މެޑްރިޑް އަށް ޖިރޯނާ އަތުން މޮޅުވެގެން ޕޮއިންޓްގެ ގޮތުން ބާސާ އާއި އެއްވަރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.ރެޔާލް މޮޅުވި ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ލިބޭނީ ބާސާ އަށެއެެވެ.ޖިރޯނާ އާއި ރެޔާލް މެޑްރިޑް ބައްދަލު ކުރާ މެޗް ކުޅޭނީ މިރޭ މާލެ ގަޑިން 20:15 ގައެެވެ.
މި ލިޔުން ކިޔާލުމުން