ސައުތު އޭޝިއާ ރީޖަނަލް އިންފްރާސްޓްރަކްޗަރ ކަނެކްޓިވިޓީ (ސާރިކް) މެދުވެރިކޮށް އޮސްޓްރޭލިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބިލްޑިންގ ކޯޑާ ބެހޭ ތަމްރީން ސެޝަންތައް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް ވަނީ ބައިވެރިވެވަޑައިގެން، ތަމްރީންގެ ބައިވެރިންނަށް ހަނދާނީ ލިޔުންތައް އަރުވައިފައެވެ.
The closing ceremony of the training sessions on building code organised by the Government of Australia through South Asia Regional Infrastructure Connectivity (SARIC) was held last night. The event was graced by the High Commissioner of Australia to the Maldives, His Excellency… pic.twitter.com/Z3Y8KJT0Nx
— Ministry of Construction, Housing & Infrastructure (@MoCImv) February 21, 2025
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ހައި ކޮމިޝަނަރ، އެންޑްރޫ ހޮޖެސް އާއި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް، އަޙްމަދު ޠަލްޙަތު ވަނީ ވާހަކަދައްކަވައިފައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރުގެ ނައިބު، މުޙައްމަދު އިމްރާން ޙަސަން އަދި އެ ވުޒާރާގެ ފަންނީ ޓީމުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
2 ފެބުރުވަރީ 2025 ގައި ފެށުނު މި ތަމްރީން ނަންގަވައިދެއްވީ އެސޯސިއޭޓް ޕްރޮފެސަރ، ޑރ. ސަޢީދު ބަނިހާޝިމީ އެވެ. މި ތަމްރީން އަމާޒުކޮށްފައިވަނީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި ދައުލަތުގެ އެހެނިހެން އިދާރާތަކުގެ ފަންނީ މުވައްޒަފުންނަށެވެ.
މި ލިޔުން ކިޔާލުމުން