ރޯދައަށް ހުޅުމާލެ ސާފުކުރުމުގެ ޕުރޮގުރާމެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
"ރޯދަ ސާފު" ގެ ނަމުގައި އެ ކުންފުނިން މިއަދު ފެށި މި ޕުރޮގުރާމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށާއި، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރޯދަ ސާފު ޕްރޮގްރާމަކީ ހުޅުމާލޭގައި ގާއިމްވެފައިވާ މުައައްސަސަާތަކާއި ޖަމާއަތްތައް ގުޅިގެން، ދުނިޔެ މަގޭ ރައްކާތެރިކޮށް ދެމެހެއްޓުމަށް ބޭއްވޭ ޕްރޮގްރާމެއް.
މިއަޙަރުގެ ރޯދަ ސާފު ޕްރޮގްރާމް ރޯދަމަސް ފެށުމަާއި ހަމައަށް #އެޗްޑީސީއާއެކު ކުރިއަށްދާނެ.#މައިހުޅުމާލެ@treetophospital pic.twitter.com/Ui2ftnFAxp
— Housing Development Corporation (@hdcmaldives) February 21, 2025
މި ޕުރޮގުރާމަކީ ހުޅުމާލޭގައި ޤާއިމްވެފައިވާ މުައައްސަސަާތަކާއި ޖަމާޢަތްތައް ގުޅިގެން، ދުނިޔެ މަގޭ ރައްކާތެރިކޮށް ދެމެހެއްޓުމަށް ބާއްވާ ޕުރޮގުރާމެއް ކަމަށާއި، މި އަހަރުގެ ރޯދަ ސާފު ޕުރޮގުރާމު ރޯދަ މަސް ފެށުމާ ހަމައަށް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މިއަދު ހެނދުނު މި ޕުރޮގުރާމު ފެށީ ހުޅުމާލޭ ޗެނަލް ޕާކު ސަރަހައްދުންނެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުސްތަޤުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ޚާއްޞަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި، ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕުރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ހުޅުމަަަާލެ ފޭސް 1ގެ 139ފުލެޓް ބަރީގެ މަގަާއިވީ ފަރަާތުގެ ޕޭމެންޓު ހަލަަާކުވެފާ ހުއްނަތާ މިހަަާރު ކިހާދުވަހެއް އެޗްޱީސީ އަށް ހަމަނުފެއްނަނީބާ
މި ލިޔުން ކިޔާލުމުން