ފަނަރަ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޔުނިޓް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާރުވެސް 7 ސަރަހައްދެއްގައި ޕަބްލިކް ވާރކްސް ޤާޢިމްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.
ޕްބްލިކް ވާރކްސް ގެ އިތުރުން، ޕަބްލިކް ވާރކްސް މޯބައިލް 2 ޔުނިޓް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތުވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ. އެގޮތުން ޕަބްލިކް ވޯކްސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ރަށްރަށުގައި އާއްމު ޚިދުމަތްތައް ދިނުމުގެ މާލީ ގާބިލުކަން ކައުންސިލްތަކުގައި ނެތުމުން، އެ މޯބައިލް ޔުނިޓު ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޕަބްލިކް ވާރކްސް އަށް ބޭނުންވާ ހެވީ މެޝިނަރީޒް ހޯދުމަށް ކުރަމުންދާ މަސައްކަތާއި މީޙުން ތަމްރީން ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕަބްލިކް ވޯކްސްގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަމަށް ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ޚާއްސަ ގޮތެއްގައި ކަސްޓަމްސް ޑިއުޓީ މައާފްކުރުމުގެ ނިޒާމެއް ގާއިމުކުރެވިގެން އެ މަސައްކަތްތައް ވެސް ކުރިއަށްދާ ވާހަކަ ދަންނަވާލަން،" މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.
މި ލިޔުން ކިޔާލުމުން