ރޯދަމަހު ކުނިއުކާލުމުގެ ގަޑިތަކަށް ބަދަލުތަކެއް ގެންނަން ވޭސްޓް މޭނޭޖްމަންޓް ކޯޕަރޭޝަން ( ވެމްކޯ ) އިން ނިންމައިިފިއެވެ.
އެގޮތުން ރޯދަމަހު މާލޭގެ ކުނި ނަގަން ފަށާނީ ރޭގަނޑު 20:30 ފެށިގެން މެންދަމު 02:30 އަށެވެ. ހުޅުމާލޭގެ ގޭބީސީތަކުން ކުނި ނަގަން ފަށާނީ ރޭގަނޑު 20:30 ފެށިގެން ކުނިނަގާ ނިމެންދެނެވެ.
ނަމަވެސް ހިޔާ ފްލެޓް ސަރަހައްދުގައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ ހެނދުނު 09:00 އަކުން ފެށިގެން ހަވީރު 16:30ށެވެ. އަދި 21:00އިން ފެށިގެން 01:00 ޖަހަންދެން ވެސް ކުރިއަށް ދާނެއެވެ.
މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ބިލްޑިން ސާވިސްތަކުން ކުނި ނަގާނީ 20:30 ފެށިގެންނެވެ.
މި ގެނެވުނު ބަދަލާއި އެއްގޮތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުނިނެގުމުގެ ކަންކަން ކުރިއަށް ދާނެކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ. ރޯދައިގެ ކުރިން މި ބަދަލުތައް ގެންނަނީ ރައްޔިތުން އެކަމަށް ހޭނި ފަރިތަކުރުމަށްޓަކައެވެ.
މި ލިޔުން ކިޔާލުމުން