އެސްއެމްއީ ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ( އެމްއެފްއެލްސީ ) އާއި އެކު މަޝަވަރާކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އަދި އެމްއެފްއެލްސީ ގެ މޭނެޖިންގް ޑިރެޓަރ އިބްތިޝާމް އަހްމަދު ބައިވެރިވަޑައިގެންނެވި މި ބައްދަލުވުމުގައި ވަނީ ދެ ފަރާތުން މަޝްވަރާކުރެވިފައިވަނީ އިޤްތިޞާދީގޮތުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި މިނިސްޓްރީ ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ އިތުރުން އެސްއެމްއީ ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންނެވެ.
MD and the team from @mflcmv paid a courtesy visit to Minister @em_saeed. During this visit, the discussions were centered on exploring and strengthening collaborative efforts, focusing on current economic developments and providing financial support to SMEs. pic.twitter.com/ZHHxcA7Zrj
— Ministry of Economic Development and Trade (@MoEDmv) February 18, 2025
މިދިޔަ އަހަރު 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ސަރުކާރުން ވަނީ ދޫކޮށްފައެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގައި ކުދި ވިޔަފާރި ހިންގޭނެ ގޮތުން ދޫކުރި ލޯން ތަކެއްކެވެ.
އެމްއެފްއެލްސީ އިން މިދިޔަ އަހަރު ވަނީ މުޅިން އަލަށް “ފަސޭހަ ލޯން” އަދި “ފަހި ލޯން” ގެ ނަމުގައި ލޯން ސްކީމެއް ތަޢާރަފުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން