ޗެމްޕިއަންސް ލީގު ދެވަނަ ބުރަށް ދިއުމަށް ކުޅުން ޕްލޭ އޮފް ބުރުގެ ދެ ލެގުން ކުރި ހޯދައިގެން ޖަރުމަނުގެ ބަޔާން މިއުނިކް ދެވަނަ ބުރަށް ގޮސްފިއެވެ.
މިއުނިކްގެ އަލިއަންޒް އެރީނާ ގައި ސްކޮޓްލޭންޑް ގެ ސެލްޓިކް އާއި ދެކޮޅަށް ކުޅުނު މެޗު ނމުނީ 1-1 ގެ ނަތީޖާ އަކުންނެވެ.މެޗުގެ 63 ވަނަ މިނިޓުގައި ސެލްޓިކަށް ލީޑު ނަގައި ދިނީ ނިކޮލަސް ގެރިޓް އެވެ.ބަޔާން ސަލާމަތް ކޮށްދިނީ މެޗު އެންމެ ފަހު ވަގުތު އަލްފަންސޯ ޑޭވިސް ޖެހި ގޯލުންނެއެވެ.މި ގޯލު ޖަހައި ދިނީ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ގަޑީގެ 4 މިނިޓުގަ ތެރޭގައެވެ.
މެޗް އެއްވަރު ވުމުން ބަޔާން ދެވަަނަ ބުރަށް ދިޔައީ އެގްރިގޭޓް ނަތީޖާއިންނެވެ.ސެލްޓިކް ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗް ބަޔާން އިން ކާމިޔާބު ކުރީ 2-1 ނަތީޖާ އަކުންނެެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، މޮނާކޯ އާއި ބެންފީކާ ބައްދަލު ކުރި މެޗު ނިމުނީ 3-3 އަކުން އެއްވަރު ވެގެންނެ އެވެ.އެގްރިގޭޓް ނަތީޖާ އިން ބެންފީކާ ދެވަނަ ބުރު ކަށަވަރު ކުރީ 4-3 އިން ކުރި ހޯދައިގެންނެއެވެ.
އިޓަލީގެ އޭސީ މިލާން އާއި ހޮލެންޑްގެ ފޭނޫޑް ބައްދަލު ކުރި މެޗް އެއްވަރުވުމުން ފުރަތަމަ ލެގުން މޮޅުވެފައި ވާތީ ދެވަނަ ބުރަށް ދިޔައީ ފޭނޫޑް އެވެ. ރޭ ގެ މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެއެވެ.އިޓަލީގެ އެޓްލާންޓާ 3-1 އިން ބަލި ކޮށް ބެލްޖިޔަމްގެ ކްލަބް ބުރޫޖް ވެސް ވަނީ ދެވަނަ ބުރު ޔަގީން ކޮށްފައެވެ.
ޗެމްޕިއަންސް ލީގު ގައި މިރޭ ވެސް ޕްލޭ އޮފްގެ ވަރުގަދަ މެޗުތަކެއް ކުޅޭނެއެވެ.
ރާއްޖެ ގަޑިން މިރޭ ދަންވަރު 01:00 ޖަހާއިރު ރެޔާލް މެޑްރިޑް އާއި ދެކޮޅަށް މަންޗެސްޓަރ ސިޓީ އިން ނިކުންނާނެއެވެ.ފުރަތަމަ ލެގް ސިޓީ އަމިއްލަ ދަނޑުގަ 3-2 ގެ ނަތީޖާ އަކުން ވަނީ ބަލި ވެފައެވެ.މީގެ އިތުރުން ޕީ.އެސް.ޖީ އާއި ބްރެސްޓް، ޑޯޓްމަންޑް އާއި ސްޕޯޓިންގ އަދި ޔުވެންޓަސް އާއި ޕީ.އެސް.ވީ ބައްދަލު ކުރާ މެޗުތައް ވެސް މިރޭ ކުޅޭނެ އެވެ.
މި ލިޔުން ކިޔާލުމުން