އިނގިރޭސި ޕްރިމިއަަރ ލީގުގައި ރޭ މެންޗަސްޓަރ ސިޓީ އާއި ނިއުކާސަލް ބަައްދަލު ކުރި މެޗް 4-0 ނަތީޖާ އަކުން ސިޓީ ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ އިއްތިހާދް ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީ އިން ތަފާތު ދެއްކީ މިސްރު ފޯވާޑް އޮމަރު މަރްމޫޝް އެވެ.
ފާއިތުވި ޖަނަވަރީ މަހު ސިޓީ އާއި ގުޅުނު ފޯވާޑް ވަނީ ފުރަތަމަ 34 މިނިޓްތެރޭ 3 ގޯލް ޖަހާ އޭނާގެ ފުރަތަމަ މެޗުގައި ހެޓްރިކް ހަދާފައެެވެ.އެއިންޓްރަކް ފްރެންކްފަރޓް އިން ސިޓީ އާއި މަރްމޫޝް ގުޅުނީ 59 މިލިއަން ޔޫރޯގެ އަގަކަށެއެވެ.ސިޓީގެ ފަހު ގޯލް ދެވަނަ ހާފްގައި ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ޖޭމްސް މެކަޓީ އެވެ.
ރޭގެ މޮޅާއެކު އުނދަގޫ ހާލަތެއްގައި އޮތް ގާޑިއޯލާގެ ޓީމުން ވަނީ ލީގުގެ ގަދަ ހަތަރަކަށް އަނބުރާ ވަދެފައެވެ.މި ނަތީޖާ އާއި އެކު ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ޕްލޭ އޮފްގެ 02 ވަނަ ލެގުގައި ރެޔާލް އާއި ކުރިމަތިލާއިރު ޓީމުގެ އިތުބާރު ބޮޑުވެގެން ދާނެއެވެ.
ފުރަތަމަ ލެގުގައި ސިޓީ ވަނީ 3-2 ގެ ނަތީޖާ އަކުން ރެޔަލް މެޑްރިޑް އަތުން ބަލިވެފައެވެ.ދެވަނަ ލެގް ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ ރެޔަލް މެޑްރިޑް ދަނޑުގަ އެވެ.
މި ލިޔުން ކިޔާލުމުން